ޚަބަރު

ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔަމުން އެބަގެންދޭ


ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ގިނަ ބަޔަކު ތަހުނިޔާ ކިޔަމުން އެބަގެންދެއެވެ.

ޕީއެސްއެމްއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ޓެލެވިޜަން މޯލްޑިވްސްއަށް އައިސް، 39 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޓީވީއެމަށް ކޭކެ ގެނެސްދީ، ޕީއެސްއެމްގެ ވެރިންނާއެކު ކޭކް ފެޅުމުގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފިއެވެ. img:http://s2.psmnews.mv/images/660x400/14908044730586.jpg|ޓީވީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޭކުފެޅުމަށް ކުރިޔަށްގެންދިޔަ ހަރަކާތުގެ ތެރެއިން -

ކޭކް ހަދިޔާކޮށް މި ޙަރަކާތްތަކުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި މުވާޞަލާތީ ކުންފުނި ދިރާގު، އިންޝުއަރެންސްގެ ޚިދުމަތްދޭ އެލައިޑް، ޤައުމީ އެއަރލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން، އަދި އަމިއްލަ ކުންފުންޏެއް ކަމަށްވާ ސިމްޑީ ހިމެނެއެވެ. ޓީވީއެމްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ކޭކްފެޅުމުގެ ޙަރަކާތުގައި މި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޙަރަކާތުގައި ޕީއެސްއެމްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ޢަބްދުލްލަޠީފުގެ އިތުރުން ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައިވެއެވެ. ކޭކްފެޅުމުގެ މި ޙަރަކާރުގައި ދިރާގް، އައިލެންޑް އޭވިއޭޝަން، އެލައިޑް އަދި ސިމްޑީ ކުންފުނިން ވަނީ، ޓެލެވިޜަން މޯލްޑިވްސްގެ ޙަޔާތުގައި މިވީ 29 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށްފައެވެ. މި ޙަރަކާތުގައި ޓީވީއެމްގެ ބަލަދުވެރި ފަރާތް ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިން، ޓީވީއެމްއިން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތައް ދިނުމުގައި ކުންފުނިތަކުގެ އެއްބާރުލެއްވުން ފާހަގަކޮށް ކުންފުނިތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. img:http://s4.psmnews.mv/images/660x400/14908044860117.jpg|ޓީވީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޭކުފެޅުމަށް ކުރިޔަށްގެންދިޔަ ހަރަކާތުގެ ތެރެއިން -

މި ކުންފުނިތަކުގެ އިތުރަށްވެސް، ޕީއެސްއެމްއާ ގާތްގުޅުން އޮންނަ އެހެން އެތައް ކުންފުންޏަކުންނާއި އަމިއްލަ ފަރުދުންވެސް ވަނީ ޕީއެސްއެމްއަށް ތަހުނިޔާގެ ކާޑު ފޮނުވައި، ޓީވީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔާފައެވެ. އަދި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި މަސްއޫލްވެރިންވެސް ވަނީ މި މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރަށް ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ގިނަ ބަޔަކު އަންނަނީ ޓީވީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.