ޚަބަރު

ސިފައިންނަށް މެންޓަލް ހެލްތު އެވެއާނަސް ވޯކްޝޮޕެއް ފަށައިފި


ސިފައިންނަށް މެންޓަލް ހެލްތު އެވެއަނެސް ވޯކްޝޮޕެއް ފަށްޓަވައިފިއެވެ.

މި ވޯކްޝޮޕަކީ އެމްއެންޑީއެފާއި ސްރީލަންކާގައި ހުންނަ ބްރިޓިޝް ހައިކޮމިޝަން އާއި ގުޅިގެން ސިފައިންނަށް ހިންގާ ވޯރކްޝޮޕެކެވެ. ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ކޯސްޓްގާޑް ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމެވެ.

ދެ ދުވަހުގެ މުއްދަތައް ހިންގާ މި ވޯކްޝޮޕްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށާއި ކުރިމަތިވާ ގޮންޖެހުންތަކުގައި ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމާއި ނަފުސުގެ އިތުބާރު ދެމެހެއްޓުމަށް ހިތްވަރުކުރުމާއި ސާބިތުކަންމަތީ ދެމިހުރެ މަސައްކަތްކުރުމުގެ ހުނަރުތައް ބައިވެރިންނަށް އުނގަންނައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވަނީ ސްރީލަންކާގެ "ސަމުއްތަނާ" ޖަމުޢިއްޔާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ލެކްޗަރާއިންނެވެ.

ސިފައިންނަށް ހިންގާ މި ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ސާރވިސްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޑރ. ޢަލީ ޝާހިދާއި ސިފައިންގެ ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.