ޚަބަރު

ގެއްލުނު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިދީފި!


ދެލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހެއްގެ އަތުން މަގުއްމައްޗަށް ވެއްޓުނު ފައިސާ ދަބަހެއް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ޙަވާލުކޮށްފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާއާއެކު ދަބަސް ގެއްލުނީ، މިމަހުގެ 12 ވަނަ ދުވަހު މާލޭގެ ސްކޫލެއްގެ ކައިރިން ކާރަށް އެރި ވަގުތު ދަބަސް އަތުން ދޫވެގެންކަމަށް ޕޮލިހަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން އެސަރަހައްދުގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި އެދަބަސް މަގުމަތިން ހޮވިކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހަކު ހޯދާއި، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ގެއްލުނު ދަބަހާއި ބައެއް ފައިސާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

img:http://s4.psmnews.mv/images/660x400/14925074021176.jpg|ފުލުހުން ހޯދި ފައިސާތައް / ގިނަ އަދަދެއްގެ ފައިސާއާއެކު ގެއްލުނު ދަބަހެއް ފުލުހުން ވަނީ ހޯދާފައި

އޭގެތެރެއިން ސާޅީސް ފަސް ހާސް ރުފިޔާ ރާއްޖެއިން ބޭރުގައި އުޅޭ އެމީހާގެ ޢާއިލާއަށް ފޮނުވުމަށް ތަނަކާ ހަވާލުކޮށްފައިވަނިކޮށް ފުލުހުން އެކަން ހުއްޓުވައި އެފައިސާތައްވެސް ހޯދާފައިވާކަމަށް ޕޮލިހުން މަޢުލޫމާތުދެއެވެ. އަދި އެފައިސާގެ ތެރެއިން މިހާތަނަށް ނުފެނިފައިވާ ތިންހާހަށްވުރެ ގިނަ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.