ކުޅިވަރު

އޮފީސް ބިލިއަރޑް މުބާރާތުގައި 13 އޮފީސް


13 އޮފީހާއެކު އިންޓަރ އޮފީސް ޕޫލް ބިލިއަރޑް މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އޮފީސް ކުންފުނިތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ވިލާ، އެމްޕީއެލް، އެމް.ޑަބްލިޔު.އެސް.ސީ، ޕްރެޒިޑެންޓް އޮފީސް، ޕޮލިސް ކްލަބް، އެމް.އެން.ޑީއެފް އަދި އެމް.އޭ.ސީ.އެލްއެވެ. ގްރޫޕް ބީގައި ހިމެނެނެނީ ސްޓެލްކޯ، މޯލްޑިވިއަން، ޓީއެމްއޭ، އެމް.އައި.ބީ، ކަސްޓަމްސް އަދި ޕަބްލިކް ސަރވިސް މީޑިއާއެވެ. 

މުބާރާތުގައި ސިންގަލްސް އަދި މިކްސް ޑަބަލްސް ބައި ހިމެނެއެވެ. އެހެންކަމުން ކޮންމެ ޓީމެއްގައިވެސް އަންހެން ކުޅުންތެރިއަކު ހިމެނޭނެއެވެ.