ޚަބަރު

"ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން"


މިއަދު ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފުލުހުން ޙަރަކާތްތެރިވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

އިންތިޚާބާ ގުޅިގެން މިހާރު ކުރިއަށްގެންދާ ޕޮލިސް އޮޕަރޭޝަންގެ ހެޑް ޙަމްދޫނު ރަޝީދު ޕީއެސްމް ނިއުސް އަށް މަޢުލޫމަތު ދެއްވަމުން ވިދާޅުބވީ މިއިންތިޚާބުގައި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވޯޓުލެވޭނެ ގޮތަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާކަމަށެވެ.  

ވޯޓުލުން ހިނގަމުންދާއިރު، ހަމަނުޖެހުން ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ. އަތޮޅުތަކުގައިވެސް ފުލުހުން މިކަމަށް ތައްޔާރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އިންތިޚާބު ހިނގަމުންދާ ވަގުތު ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އިލެކްޝަންގެ އޮފިޝަލުންނާއި، ފުލުހުންގެ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން އެދިވަޑައިގަންނަވައެވެ.