ޚަބަރު

ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި


ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވުމާއެކު، ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ނިންމާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ޖެހިއިރު ފެށުނު ނަމަވެސް ބައެއް ފޮށިތަކުގެ ވޯޓުލުން އެކި ސަބަބުތަކާހުރެ ލަހުން ފެށިފައިވެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. 

ވޯޓު ގުނަން ފަށަނީ، ވޯޓު ފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނެޓް ފަހުންނެވެ.