ޚަބަރު

ފޮރިން މިނިސްޓަރ، ކޮރެޔާ ސަފީރާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމް، ދެކުނު ކޮރެއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފިއެވެ.

އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، ދެކުނު ކޮރެއާގެ ސަފީރު ޗޭންގް ވޮން ސެމް، ފޮރިން މިނިސްޓަރ ޢާޞިމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވަނީ، ހޯމަ ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ދެކުނު ކޮރެއާގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.