ޚަބަރު

މާކުން ނައީމް ނިޔާވެއްޖެ


ކުރީގެ މަޝްހޫރު ކޮމޭޑިއަން މާކުން ނައީމް ނިޔާވެއްޖެއެވެ.



މާކުން ނައީމް ނިޔާވީ ކޮލަންބޯގައިކަމަށް ޙަބަރު ލިބެއެވެ. މާކުން ނައީމަކީ ކުރީގެ ޑްރާމާ، ތަމްސީލް އަދި ލަވަތަކުގައި ހެއްވާ މަޖާ ބައިތައް ކުޅެގެން ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ބޭފުޅެކެވެ. އޭނާގެ ހުނަރު ދިރިއުޅުމަކީ މިއީބާ ފަދަ ކޮމެޑީތަކުން ފެނިފައިވާއިރު، ޢީދު ދުވަސްތަކުގައި ޓީވީއެމުން ގެނެސްދޭ "އީދޭމީ އީދޭދޯ" މިލަވަޔަކީ މާކުން ނައީމް އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ އެއްލަވައެވެ.