ޚަބަރު

ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ރާއްޖެއިން ބައިވެރިވަނީ


މެލޭޝިޔާ ސަރުކާރުން ބާއްވަވާ 59 ވަނަ އިންޓަނޭޝަނަލް ޤުރުއާން ރެސިޓޭޝަން އެންޑް މެމަރައިޒޭޝަން އެސެމްބްލީގައި ރާއްޖެއިން ޤާރީއަކާއި ޤާރިއާއެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.  

މެލޭޝިޔާގެ، ކުއަލަލަންޕޫރުގައި މިމަހުގެ 15 އިން 20 ވަނަ ދުވަހަށް ކުރިއަށްދާ މިމުބާރާތުގައި ދިވެހިރާއްޖެއިން ވާދަކުރާ ޤާރީއަކީ އިބްރާހިމް ރަމީޒު ށ.ފުނަދޫ، ހިޔާއެވެ. ޤާރިއާއަކީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމީއްޔާގެ ގްރޭޑް 10 ގެ ދަރިވަރު އާލާ އަޡަމަތުއެވެ. 

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވަނީ، މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤާރީއާއި ޤާރިއާއާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.