ޚަބަރު

ސްޓޭޓް މިނިސްޓަރުކަމަށް ޝިފާޤް މުފީދު ޢައްޔަނު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޢައްޔަނުކުރެއްވީ ފުވައްމުލައް، މިސްކިތްމަގު، ފާތު، އަލްފާޟިލް ޝިފާޤް މުފީދުއެވެ. 

ޝިފާޤް މުފީދު، ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައި މިވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، އެކޮމިޝަންގެ މެންބަރުކަމުން އޭނާ މިދިޔަ ބުރާސްފަތިދުވަހު އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. 

ކޮމިޝަންގެ މެންބަރުކަމުން ޝިފާޤް މުފީދު އިސްތިއުފާދެއްވި ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އެޗްއާރުސީއެމްގެ ކުރީގެ މެމްބަރެއްގެ އިތުރުން، ޝިފާޤަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެކެވެ.