ވިޔަފާރި

މިފްކޯއިން 1.8 ކިލޯގެ މަސްދަޅު ބާޒާރަށް ނެރެފި


އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މިފްކޯއިން 1.8 ކިލޯގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ.

މި އުފެއްދުމަކީ ޚާއްޞަ ގޮތެއްގައި ރިސޯޓް މާކެޓަށާއި ރެސްޓޯރެންޓްތަކަށް ޚާއްސަ އުފެއްދުމެއް ކަމަށް މިފްކޯގެ ސީނިއާ އެގްޒެކްޓިވް މާކެޓިންގ މިފްރާހް ނަސީމް ވިދާޅުވިއެވެ. މިފްރާހް ވިދާޅުވީ މިފްކޯއިން 1.8 ކިލޯގެ މަސްދަޅު ބާޒާރަށް ނެރުމަކީ އެކަމުގެ ސަބަބުން ރިސޯޓްތަކަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނޭ ކަމެއްކަމަށެވެ. މިފްކޯއިން މި މަސްދަޅު ވިއްކަނީ 125 ރުފިޔާއަށެވެ. މީގެ އިތުރުން އެކުންފުނިން ވަނީ ފަސްމީރު ބްރޭންޑްގެ މަސްދަޅަށް ޚާއްޞަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. 

img:http://s4.psmnews.mv/images/660x400/14948504222763.jpg|މިފްކޯއިން ތަޢާރަފްކުރި 1.8 ކިލޯގެ މަސްދަޅު / 125 ރުފިޔާއަށް ވިއްކާ މަސްދަޅު ބާޒާރުން މިހާރު ލިބެން ހުންނާނެ

މި ޕްރޮމޯޝަނުގެ ދަށުން މަސްދަޅު ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް އުމުރާ ދަތުރެއް ލިބޭނެކަމަށް މިފްރާހް ވިދާޅުވިއެވެ. މިފްކޯއިން ގެންދަނީ ގިނަ އަދަދެއްގެ އުފެއްދުންތައް ތައްޔާރުކޮށް ރާއްޖޭގެ މާކެޓްގެ އިތުރުން ބޭރުގެ މާކެޓްތަކަށް ނެރެމުންނެވެ. އަދި އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެންވެސް އެކުންފުނީގެ އުފެއްދުންތަކެއް ތަޢާރަފްކުރާނެކަމަށް މިފްކޯއިން ބުނެއެވެ.