ވިޔަފާރި

ޑެވަންޑެލް މިލްކް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި


އެސްޓީއޯއިން ކުރިއަށްގެންދިޔަ ޑެވަންޑެލް މިލްކް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ އެއްވަނަ އަދި ދެވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ލ. މާބައިދޫ ސާދީވިލާ، މޫމިނާ އިސްހާގުއެވެ. އަދި މި ޕްރޮމޯޝަންގައި އިތުރަށް ދިން 25 އިނާމުގެ ތެރެއިން 7 އިނާމުވެސް ލިބިފައިވަނީ މޫމިނާ އިސްހާގަށެވެ.

މި ޕްރޮމޯޝަންގެ އެއްވަނައަށް ދިޔަ ފަރާތަށް ދީފައިވަނީ އެއްލައްކަ ރުފިޔާއެވެ. ދެވަނައަށް ހޮވުނު ފަރާތައް ފަންސާސް ހާސް ރުފިޔާ އަދި ތިންވަނަ އަށްދިޔަ ފަރާތައް ފަންސަވީސް ހާސް ރުފިޔާ ވަނީ އެސްޓިއޯއިން ދީފައެވެ. 

އެއްވަނަ ދެވަނަ އަދި ތިންވަނައިގެ އިތުރުން، އިތުރު ފަންސަވީސް ފަރާތަކަށް އެއްއަހަރުދުވަހުގެ ހިލޭ ޑެވޮންޑެލް ހިކިކިރު ވަނީ ދީފައެވެ. މިއީ ޑެވޮންޑެލް މިލްކްގެ މިހާބޮޑު ޕްރޮމޯޝަންއެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.