އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީން ދިވެހިރާއްޖެއަށް 117 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ފެސިލިޓީސް ދިނުމަށް ނިންމަވައިފިއެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީން މި އެހީ ދިނުމަށް ނިންމާފައިވަނީ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްމަދު މިމަހުގެ 16 އިން 21 އަށް އައިޑީބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީން ދިވެހިރާއްޖެއަށް 117 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ފެސިލިޓީސް ދިނުމަށް ހަމަޖެހުނީ، މިމަހުގެ 16 އިން 21 އަށް ބޭއްވި އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު އެ ބޭންކުގައި ހިމެނޭ އިންސްޓިޓިއުޓް ތަކާއެކު ބޭއްވި ބައްދަލުވުންތަކަށްފަހުއެވެ. މިގޮތުން އައިޑީބީގެ ރައީސް ޑރ.ބަންޑަރ އެމް.އެޗް ހައްޖަރު އާއިއެކު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އައިޑީބީ ގްރޫޕުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަސްރޫޢުތަކާއި، ކުނި ނައްތާލުމުގެ މަޝްރޫއުތައް ހިމެނޭކަމަށެވެ.
އައިޑީބީގެ އަވްޤާފް އަދި ވަޤްފް ޔުނިޓް، އިސްލާމިކް ފައިނޭންޝަލް ސަރވިސް ޑިޕާޓްމަންޓްގެ އިސްވެރިންނާއިއެކު ފިނޭންސް މިނިސްޓަރު މުނައްވަރު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް އެފެއަރޒް މިނިސްޓްރީން ކުރިއަށްގެންދެވުމަށް ހުށަހަޅާފައިވާ މަޝްރޫޢުތަކަށް ފައިސާ އިތުރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
އައިޑީބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކުރެއްވި ދަތުރުފުޅުގައި އައިޑީބީގެ އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލިމް އާއެކު ބެއްވެވި ބައްދަލުވުމުގައި ވިޔަފާރިއާއި މަސްވެރިކަމާއި އަދި ބަނދަރު ތަރައްޤީކުރެއްވުގެ މަސައްކަތްތަކަށް މިހާރު ދެއްވުމަށް ނިންމަވާފައިވާ ލޯނު އެހީގެ އަދަދު އިތުރުކުރެއްވުމަށާއި، ފައިނޭންސްއާ ގުޅޭ ފަންނީ އެހީތެރިކަން ދެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
ފިނޭންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ އިތުރު ޖަމިއްޔާތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި އޮފިޑް އަދި ކުވައިތު ފަންޑްގެ ހިމެނެއެވެ.
އޮފިޑް އަދި ކުވައިތު ފަންޑްގެ އިސް ބޭފުޅުންނާއިއެކު ބެއްވެވި ބައްދަލުވުންތަކުގައި މި ފަންޑްތަކުން ރާއްޖޭގައި މިހާރު ހިންގަމުންދާ ޕްރޮޖެކްޓްތައް ހިންގަމުންދާގޮތް އޮޅުންފިލުވައިދީ، މިއަހަރުގެ ޖުލައިމަހުގެ ކުރިން މުހިއްމު އާ ޕްރޮޖެކްޓެއްގައި ސޮއިކުރެވޭނޭކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
އައިޑީބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސައުދީ އަރަބިއާގެ ޖިއްދާއަށް ކުރެއްވި މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝާމް އާދަމް އަދި ސީނިއާ ޕްލޭނިންގ އޮފިސަރު ޚަދީޖާ މާޖިދާ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.