ޚަބަރު

ފޮރިން މިނިސްޓަރ، ސްރީލަންކާއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް، ސްރިލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ، މިހާރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާއާ ގުޅިގެން، ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިރާއްޖެއިން ފައިސާގެ އެހީއެއް ވެދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.