ވިޔަފާރި

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ފަށައިފި


ދިރާގުން ރޯދަމަހާއި ދިމާކޮށް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ފަށައިފިއެވެ. 

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބަރ ނުވަތަ އޭ.ޑީ.އެސް.އެލް ކަނެކްޝަނެއް ހިލޭ ގުޅައިދީ، ފުރަތަމަ 2 މަހުގެ މަހުފީ އިން ފަންސަވީސް އިންސައްތަ ޑިސްކައުންޓް ލިބިގެން ދާނެކަމަށް ދިރާގުން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫން 2017 ގެ ނިޔަލަށެވެ. ދިރާގުން ވަނީ މިދިޔަ މޭ މަހުވެސް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން ބުނީ މިދިޔަ މަހު ބޭއްވި ޕްރޮމޯޝަންގައި ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އަދި އަނެއްކާވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ކުރިއަށްގެންދަން ހަމަޖެއްސީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ފައިބަރ އަދި އޭޑީއެސްއެލް ހިދުމަތް ހޯދުމުގެ މަގުފަހި ކޮށްދިނުމުގެގޮތުންކަމަށެވެ.