ކެފޭ ރެސްޓޯރަންޓްތަކަށް ޚާއްޞަ އިންޝުއަރަންސް ޕޮލިސީއެއް ދިވެހި އިންޝުއަރަންސްގެ ފަރާތުން ތަޢާރަފްކޮށްފިއެވެ.
މި އިންޝުއަރަންސް ޕޮލިސީއަކީ ކެފޭ ރެސްޓޯރަންޓް އަދި ފްރެންޗައިޒް ވިޔަފާރިތައް ރާއްޖޭގައި ގިނަވަމުން އައުމާއެކު މިފަދަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަޢާރަފް ކުރެވުނު ޚާއްޞަ އިންޝުއަރަންސް ޕޮލިސީއެކެވެ. މި ސްކީމާ ބެހޭގޮތުން ވާހަކަދައްކަވަމުން ދިވެހި އިންޝުއަރަންސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާޙިދު ތައުފީޤު ބުނީ މި ސްކީމްގެ މަޤްޞަދަކީ ވިޔަފާރިތަކަށް ގުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުމަކަށް ބަދަލު ހޯދައިދެވޭނެ އިންޝުއަރަންސް ޕޮލިސީއެއް ޤާއިމްކުރުން ކަމަށެވެ.
މި ސްކީމްގެ ދަށުން ކެފޭ ރެސްޓޯރަންޓް އަދި ފްރެންޗައިޒް ވިޔަފާރިތައް ހިންގާ ޢިމާރާތާއި މުވައްޒަފުންނާއި ކަސްޓަމަރުންނަށް ގުދުރަތީ ހާދިސާއަކުން ނުވަތަ އަލިފާނުގެ ހާދިސާއަކުންވެސް ލިބިދާނެ ގެއްލުމަށް ބަދަލު ހޯދައިދެވޭނެ ކަމަށް ދިވެހި އިންޝުއަރަންސުން ބުނެއެވެ.