 
										
			މާލޭ ދެކުނު ފަރާތު ނެރުގެ ފައިކައްޓަށް ދޯންޏެއް އަރައިފިއެވެ.
 
މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
 
ކެޔޮޅުކަމަށް ނުކުމެ އުޅުނު މި ދޯނިން 7 މީހުން ދަތުރު ކޮށްފައިވެއެވެ.
 
އެމްއެންޑީއެފުން ބުނީ ނެރުގެ ފައިކައްޓަށް އަރާފައިވަނީ "ސައުތު 5" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މިއީ މަސްވެރިކަން ކުރާ 60 ފޫޓުގެ ދޯންޏެއްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފުން ގުޅިގެން ދަނީ ކުރަމުންނެވެ.
 
މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 21:15 ހާއިރުއެވެ.