ޚަބަރު

4 ގޮނޑި ހުސްވެފައިވާކަން ކަށަވަރުވެއްޖެ- ޕީޕީއެމް


ރައްޔިތުންގެ މަޖިލީހުގެ 4 ގޮނޑިއެއް ހުސްވެފައިވާކަން ކަށަވަރުވެފައިވާކަމަށް ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފިއެވެ. 

ޕީޕީއެމުން މިހެން ބުނީ ސުޕްރީމްކޯޓުން ނިންމެވި ދުސްތޫރީ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައެވެ. 

ޕީޕީއެމްގެ ބަޔާނުގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމުމުން, އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާގޮތަށް މަޖިލީހުގެ 4 ގޮނޑިއެއް ހުސްވެފައިވާކަން ކަށަވަރުވެފައިވާކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމުގައި ހަޤީޤަތާއި ޚިލާފް, ދޮގު ޚަބަރާއި ނުރަނގަޅު މައުލޫމާތު ފަތުރަމުންދާކަމަށް ޕީޕީއެމްގެ ބަޔާނުގައިވެެއެވެ. އެހެންކަމުން އެފަދަ ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް ޕީޕީއެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.