ޚަބަރު

ޢީދަކީ ގުޅުން އާލާކުރުމަށް ލިބޭ އިޖްތިމާޢީ ފުރުޞަތެއް- މަޞީހު


ޢީދަކީ މުޖުތަމަޢުގެ ގުޅުން އާލާކުރުމަށް ލިބޭ އިޖްތިމާޢީ ފުރުޞަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަޞީހު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އަޟްޙާ ޢީދުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ޢީދު ތަހުނިޔާގެ މެސެޖުގައެވެ. މިމެސެޖުގައި މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެމްބަރުންގެ ނަންފުޅުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މަޖިލީހުގެ ރައީސްގެ މެސެޖުގައި ޢީދަކީ ކެތްތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމާއި ހިތްހެޔޮކުރުމާއި އޯގާތެރިވުމުގެ ފިލާވަޅެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ޢީދަކީ ދިވެހި މުޖްތަމަޢުގެ މެދުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން އާކޮށް, އާލާކުރުމުގެ އިތުރު ރޫޙާއި ޝުޢޫރު އުފެދި، އުފާވެރިކަމާއި ހިނިތުންވުން ޤާއިމްކުރުމަށް ލިބޭ ހުޅުވިފައިވާ ފުރުޞަތެއްކަމަށް މަޖިލީހުގެ ރައީސްގެ ތަހުނިޔާގައި ވިދާޅުވެފައިވެއެވެ.