ޚަބަރު

ކޮންޓެއިނަރއެއް ލޯޑް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާވެއްޖެ


ކޮންޓެއިނާއެއް ބޯޓަށް ލޯޑް ކުރަން އުޅުމުގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެމްޕިއެލްގައި މަސައްކަތްކުރާ ދިވެއްސަކަށެވެ.

މި ހާދިސާގައި އަނިޔާވި މީހާގެ އެއް ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް އެމްޕިއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ. މި މީހާއަށް މިހާރު އައިޖިއެމްއެޗްގައި ފަރުވާދެމުންދާކަމަށްވެސް އެމްޕިއެލްއިން މަޢުލުމާތުދެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮންޓެއިނަރ ކަނޑައިގެން ގޮސްގެން ނޫންކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ހާދިސާ ހިނގަން ދިމާވި ސަބަބު ތަހްޤީޤްކުރަމުން އަންނަކަމަށް އެމްޕީއެލްއިން ބުނެއެވެ.