ޚަބަރު

ލަންކާއަށް ކަނޑައަޅުއްވާ ސަފީރަށް މަޤާމުގެ ފަތްކޮޅު އަރުވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، މާފަންނު ކޮތަންމާގޭ މުޙައްމަދު ޙުސައިން ޝަރީފު ޢައްޔަނުކުރައްވައިފިއެވެ.

މުޙައްމަދު ޙުސައިން ޝަރީފަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. 

މުހައްމަދު ހުސައިން ޝަރީފް މީގެކުރިން ހުންނެވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.