ޚަބަރު

ބޯކޮށް ވާރޭވެހި، ފުވައްމުލަކުގައި ފެންބޮޑުވެއްޖެ!


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޏ.ފުވައްމުލަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޏ.ފުވައްމުލަކު ބަނޑާރަކިޅި އަދި މާލެގަން ސަރަހައްދުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާތީ މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ޏ.ފުވައްމުލަކުގެ މާލެގަމާއި ހޯދަނޑުގެ ކާނު ކެނޑުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

ޏ.ފުވައްމުލަކުގައި ފެން ހިއްކުމަށް ސިފައިން ކުރަމުންދާ މަސައްކަތުގައި ހައުސިންގ މިނިސްޓްރީއާއި ޏ.ފުވައްމުލަކު ކައުންސިލް އިދާރާ އާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އިތުރުން ޏ.ފުވައްމުލަކު ސިޓީ ކައުންސިލުން ދަނީ ބައިވެރިވަމުންނެވެ.