ކުޅިވަރު

ޓީ 20 ޗެމްޕިއަންކަން ސީބީއެލް ހޯދައިފި


ދިރާގު ޓީ ޓްވެންޓީ ޕްރިމިއަރ ލީގުގެ ޗެންޕިއަންކަން ސީބީއެލް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.

 ސީބީއެލް ސްޕޯޓްސް ކުލަބް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި މިލާން ކްރިކެޓް އެކަޑަމީއާއި ވާދަކޮށް 33 ލަނޑުން ފައިނަލް މެޗް ކާމިޔާބުކޮށްގެންނެވެ. ގުރު ދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅޭށެވެ. ސީބީއެލް ކުޅެންއަރާ 8 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެތެރޭގައި 136 ލަނޑު ހެދި.އެވެ ސީބީއެލް ސްޕޯޓްސް ޓީމުން ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި ސިމޯންއާއި 32 ލަނޑުހެދި ކެޕްޓަން ހަސަން ހާޒިގު ރަސީދުއެވެ. 

ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. މިލާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑުހެދި މުހަންމަދު އައްޒާމެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ދިރާގު ޓީ ޓްވެންޓީ ޕްރިމިޔަރ ލީގުގެ އެންމެ މޮޅު އުކުންތެރިއަކީ މިލާން ކްރިކެޓް އެކަޑަމީގެ އިބްރާހިމް ނަސާތެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ސްރީލަންކާ ހައިކޮމިސަންގެ ނިލާންތަ ކޫރޭއެވެ. މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިއަކީ މިލާން ކްރިކެޓް އެކަޑަމީގެ ސަފްރާޒް ޖަލީލެވެ. މުބާރާތުގެ އެންމެ މޮޅު ވިކެޓް ކީޕަރަކީ ސީބީއެލް ސްޕޯރޓްސްގެ ހަސަން ހާޒިގް ރަސީދެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކީ ސްރީލަންކާ ހައިކޮމިސަންގެ ނިލާންތަ ކޫރޭއެވެ.