ކުޅިވަރު

ކިންގްސް ބަލިކުރީ ބަލިފައިތައް ދެނެގަނެގެން - އިލްޔާސް


އެމްބީއޭ ޗެމްޕިއަންޝިޕް ފައިނަލްގައި ވަރުގަދަ ކިންގްގްސް ބީސީ ބަލިކުރ އެޓީމްގެ ބަލިފައިތައް ދެނެގަނެގެން، އެކަމަށް ވިސްނައިގެންކަމަށް ޓީރެކްސްގެ ކޯޗު އިލްޔާސް އިބްރާހީމް ބުނެފިއެވެ. 

ޗެމްޕިއަން ޓީރެކްސްގެ ކޯޗް އިލްޔާސް އިބްރާހީމް ބުނީ ކިންގްސްއަކީ މިހާރު ތަފާތު ޓީމެއް ކަމަށާއި ފައިނަލް މެޗަށް ނިކުތީ މުބާރާތުގައި ކިންގްސް ކުޅެފައިހުރި މެޗްތައް ބަލައިގެން، އެޓީމްގެ ބަލިކަންތައްތަކުގެ މައްޗަށް ޓީރެކްސްއިން ކުރި ހޯދޭނެ ގޮތަށް ރާވައިގެންކަމަށެވެ. ބާސްކެޓްގައި އެއްވަރުގެ ދެ ޓީމް ކުޅެމުންދާއިރު، މެޗު ވަރަށް ވާދަވެރިވާނެކަމަށާއި، ފައިނަލް މެޗަށް ނިކުތީވެސް ވަރަށް އުނދަގޫ މެޗަކަށް ވާނެކަމަށް ބަލައިގެންކަމަށް އިލްޔާސް ބުންޏެވެ. ފައިނަލް މެޗު ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދުނީ ކޯޗިންގ ސްޓާފުން ބޭނުންވި ގޮތަށް ޓީމްގެ ކުޅުންތެރިން ކުޅުމުގެ ސަބަބުންކަމަށާއި، މެޗުގެ ހަތަރުވަނަ ކުއާޓާރގައި ޓީރެކްސްގެ ކުޅުންތެރިން ކުޅެފައިވަނީ ވަރަށް ބޮޑަށް ވިސްނައިގެންކަމަށްވެސް މިއަހަރު ކުޅުން ހުއްޓާލި އިލްޔާސް އިބްރާހީމް ބުންޏެވެ.

" އެއްވަރު ދެޓީމްގެ ވާދަވެރި މެޗެއް މިއީ. އަޅުގަނޑުމެންނަށް ކުރި ލިބުނީ އެމީހުންގެ ބަލި ކަންތައް ބަލައިގެން ކޯޗިންގ ޓީމުން ބުނި ގޮތަށް ކުޅުންތެރިން މަސައްކަތް ކުރީމަ: ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

އެމްބީއޭ ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ޓީރެކްސް ކާމިޔާބުކުރީ ހަތްދިހަ ފަސް ޕޮއިންޓް، ހަތްދިހަ ހަތަރު ޕޮއިންޓުންނެވެ.