ޚަބަރު

ހުކުރުއުފާ: މިހަފްތަގެ ދަރުސް "ﷲގެ ރަޙުމަތުން އުންމީދު ކަނޑާނުލާ"


މި ހަފްތާގެ "ހުކުރު އުފާ" އިސްލާމިކް ފެސްޓިވަލްގައި  " ﷲގެ ރަޙުމަތުން އުންމީދު ކަނޑާނުލާށޭ"، މި މަޢުޟޫއަށް ޚާއްސަ ދަރުހެއް ދިނުން އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ. 

ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި މިހަފްތާގައިވެސް ދީނީ ދަރުސް ދިނުމުގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ ޙަރަކާތްތަކާތްތައް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މިހަފްތާގެ ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދެވެ. ހުކުރު ދުވަހުގެ ރޭ 08:30 ގައި އިސްލާމީ މަރުކަޒް މައިދާނުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވާއިރު ކުޑަކުދިންނަށް ޚާއްސަ ޙަރަކާތްތަކެއް އެދުވަހު ހަވީރު އިސްލާމީ މަރުކަޒް މައިދާނުގައި ކުރިއަށް ދާނެއެވެ.

މިހަވީރުގައި ތަފާތު ސްޓޯލްތަކުގައި މަޢުލޫމާތު ދިނުމާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއި މުސްޙަފް ބެހުމާއި މިސްކިތު ފަންޑަށް އެހީވުން ކުރިއަށްދާނެއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޕީއެސްއެމް ގުޅިގެން ހުކުރު އުފާގެ ނަމުގައި ކޮންމެ ހުކުރު ދުވަހަކު ބާއްވާ އިސްލާމީ ފެސްޓިވަލްއަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ހަރުދަނާ ޖީލެއް ބިނާކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ދީނީ ފެސްޓިވަލެކެވެ.