ޚަބަރު

މާލޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު ނިޔާވެއްޖެ


މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ޒަޚަމްވި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ ދުނބުރި މިސްކިތް ކައިރީ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް، އޭގެއިން އެކަކު ނިޔާވެފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:20 ހާއިރުކަމަށެވެ.