ޚަބަރު

މާރާމާރީއެއްގައި ޒުވާނަކު މަރުވެއްޖެ


ހުޅުމާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދިން ގޮތުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ގއ.ދާންދޫއަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނެކެވެ. މިރޭ ދިހައެއް ޖަހަނިކޮށް އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާކަމަށާއި އޭނާގެ ހަށިގަނޑުގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.