 
										
			މޯލްޑިވްސް ރޯޑް  ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ތަކެއްޗާއި ފައިސާ ހަދިޔާކޮށްފިއެވެ.
 
މިއަދު ޖެންޑަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއާރްޑިސީންވަނީ 10،000 ރުފިޔާއާއި ކުޑަކުދީންގެ ހިޔާއަށް ބޭނުންވާ ބައެއް ސްޓޭޝަނަރީ ހަވާލުކޮށްފައެވެ. އެމްއާރުޑީސީން މިއަދު ހަވާލުކުރި ފައިސާއަކީ މިދިޔަ މަހުގެ ބާވީހުގައި އެމްއާރުޑީސީން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ ފިއެސްޓަރއިން ލިބުނު ފައިސާއެވެ.
 
މި ރަސްމިއްޔާތުގައި ފައިސާއާއި ތަކެތި ހަވާލުކޮށްދެއްވީ އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ފަސީހެވެ. ޖެންޑަރ މިނިސްޓްރީންގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާއެވެ.
 
ޖެންޑާރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިޔާ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި ޖެންޑަރ މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށެވެ. 
 
އަދި ދައުލަތުގެ މުއައްސަސާތަކާ އެހެންފަރާތްތަކުން އެކުދިންނަށް އެހީވުމަކީ އެކުދިންގެ މުސްތަޤުބަލް އުޖާލާ ކުރުމަށް ކުރެވޭނެ މުހިއްމު މަސައްކަތެއްކަމަށެވެ. އެމްއާރުޑީސީިން ބުނީ މިފަދަ އެހީތައް ފޯރުކޮށްދިނުމަށް އަބަދުވެސް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށާއި އެ ކުންފުނިން ވިސްނުން ގެންގުޅެނީ މުސްތަޤްބަލުގައިވެސް އެފަދަ ކުދިންނަށް އެހީވުންކަމަށް އެމްއާރޑީސީން ބުނެއެވެ.