ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަންބިކަނބަލުން ފާތުމަތް އިބްރާހިމްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގަތް ޑރ.ނަދީމް މެމޮންގެ ދަރުހަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެރާޒްއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ހުކުރު އުފާގެ މިހަފްތާގެ ދަރުސް ދެއްވުމަށް ވަޑައިގަތް ޑރ. ނަދީމް މެމޮން ދަރުސްދެއްވީ މައި ސަކްސެސް އިޒް އޮންލީ ބައި ﷲ ނުވަތަ ﷲގެ ޙަޒުރަތުން މެނުވީ އަހަރެމެންނަށް ކާމީޔާބީ ލިބުމެއް ނުވޭ، މި މައިގަނޑު މައުޟޫޢަށެވެ. ޑރ.ނަދީމް މެމޮން އަކީ އިސްލާމީ އުސޫލުތަކާއި އިސްލާމީ ތަޢުލީމު ދޭ ފަރާތްތަކަށް ދީނީ ކަންކަން އޮޅުންފިލުވައި އެހީރެތިވެދެވޭނެ ގޮތްތަށް ދިރާސާކުރައްވާ އެފަދަ ޕްރޮގްރާމްތަށް ތަރައްޤީކުރައްވާފައިވާ ބޭފުޅެކެވެ.
އިސްލާމީ މަރުކަޒް މައިދާނުގައި ކުރިއަށްގެންދިޔަ ހުކުރު އުފާގެ މިރޭގެ ދަރުސްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދާއި، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދާއި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވައިވެރިވެވަޑައިގެންނެވިއެވެ.
img:http://s2.psmnews.mv/images/660x400/15073167950711.jpg|ހުކުރު އުފާ މިހަފްތާގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
މިދަރުހަށްފަހު މިރޭގެ ދަންފަޅީގައިވަނީ ގުރުއަތުން ހޮވި ދެ ޖިންސްގެ 2 ޒުވާނަކަށް އިސްލާމިކް ޔުނިވަރސިޓީގައި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދީފައިވެއެވެ.
މީގެއިތުރުން ހުކުރު އުފާގެ ސެޕްޓެމްބަރުމަހުގެ ޢުމްރާ ދަތުރުވެސް ވަނީ މިރޭގެ ހުކުރު އުފާ ފެސްޓިވަލްގައި އޭގެ ހައްޤުވެރިޔާއާ ޙަވާލުކޮށްފައެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކޮންމެވެެސް މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތުގެ ހައްޤުވެރިއާގެ ނަންވެސްވަނީ ޢިއުލާންކޮށްފައެވެ.
ހުކުރު އުފާ އަކީ ރާއްޖޭގެ އިޖްތިމާޢީފޭރާން ވަރުގަދަކޮށް ދީނީ ގޮތުން ހުރި ބައިބައިވުންތަށް ނާއްތުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދާ އިސްލާމީ ފެސްޓިވަލެކެވެ.