ޚަބަރު

ޖަނަވަރީމަގުގައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ


ޖަނަވަރީމަގުގައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ރޭ މެންދަމުން އަލިވެ ތިނެއްޖަހަނިކޮށް ހިނގި މިހާދިސާގައި ކާރުގައި ވަނީ އަނދާ ހުލިވެފައެވެ. 

tw:https://twitter.com/PSMnewsmv/status/917156360520736768

ހާދިސާ ހިނގިތާ ކުޑައިރުކޮޅެެއްގެ ތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. 

tw:https://twitter.com/PSMnewsmv/status/917158122967273472

އެމްއެންޑީއެފުން ވިދާޅުވީ މި ކާރަކީ ސަރުކާރުގެ ވުޒާރާއެއްގައި ބޭނުންކުރާ ކާރެއްކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.