ޚަބަރު

ޕޯސްޓު ދުވަސް - ޕޯސްޓަކީ ރާއްޖޭގައި މަޤްބޫލް ޚިދުމަތެއް


ދުނިޔޭގެ ޕޯސްޓްދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ޤައުމީ ތަރައްޤީއަށް ޕޯސްޓްގެ ސަބަބުން އަންނަ ކުރިއެރުންތަކާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ޕޯސްޓް ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަމަހުގެ 9 ވަނަ ދުވަހެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަދުވަހުއެވެ. ޕޯސްޓްގެ ޚިދުމަތް ވިޔަފާރި އުޞޫލުންދޭ ގޮތަށް ސަރުކާރުން ހަމަޖައްސަވައި ކުރީގެ ޕޯސްޓަލް ޑިޕާރޓްމަންޓް ސަރުކާރުގެ ވިޔަފާރި ކުންފުންޏަކަށް ބަދަލުކުރެއްވީ 1994 ވަނަ އަހަރުއެވެ.  

މުވާޞަލަތީ ޒަމާނީ ޚިދުމަތްތަކާ، އެއާގުޅޭ ޓްކްނޮލޮޖީ، ރާއްޖެއަށް ތަޢާރަފްވުމާއި، ދުނިޔޭގެ ގިނަ ހިސާބުތަކަށް އެފަދަ ޓެކްނިލޮޖީ ޢާންމުވާން ފެށުމުން، ޕޯސްޓްގެ ޚިދުމަތް މެދުވެރިކޮށް ސިޓީބިޓީ ބަދަލުކުރުންފަދަ ބޭނުންތައްކުރާ މީހުންގެ ޢަދަދު މަދުވިއެވެ. އެހެންނަމަވެސް އީ ކޮމާރސްގެ ކާމިޔާބީއާ އެކު ދުނިޔޭގައި ޕޯސްޓުގެ ޚިދުމަތުގެ ބޭނުން ހިފާ މީހުން އެތަށް ގުނައަކަށް އިތުރުވުމާއެކު، އަނެއްކާވެސް ޕޯސްޓްގެ މަޤްބޫލްކަން އިންތިހާއަށް މިވަނީ އިތުރުވެފައެވެ.

އޮންލައިންކޮށް ދުނިޔޭގެ ބާޒާރުތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބުމުން، އެކަށީގެންވާ ރަގަޅު އަގެއްގައި އެތަކެތި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި 2015 ވަނަ އަހަރު އީޓުކުރީގެ ނަމުގައި މޯލްޑިވްސް ޕޯސްޓާއި ސިންގަޕޯރ ޕޯސްޓް ގުޅިގެން ވަނީ އީ-ކޮމާސް ޕޯޓަލްއެއް ވަނީ ގާއިމުކޮށްފައެވެ. އަދި މޯލްޑިވްސް ޕޯސްޓުން ގާއިމްކޮށްފައިވާ އީ ކޮމާސް ޕްލެޓްފޯރމްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ލޯކަލް އީކޮމާރސް ޕްލެޓްފޯމެއް ތަޢާރަފް ކުރުމުގެ މަސައްކަތްވެސް މޯލްޑިވްސް ޕޯސްޓުން ދަނީ ކުރަމުންނެވެ.

ޝަރުމާ ވިދާޅުވި ލޯކަލް އީ-ކޮމާރސް ޕްލެޓްފޯރމް ނުވަތަ ވެބްސައިޓްއެއް ތައާރަފް ކުރުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރާއްޖޭގައި އުފައްދާތަކެތި ބައިނަލްއަގްވާމީ ޕޯސްޓުގެ ވިއުގައިގެ ތެރެއިން އެތަކެތި ގަންނަ ފަރާތްތަކާއި ހަމައަށް ވާސިލްކޮށްދިނުންކަމަށެވެ.

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް ސަތޭކަ އެގާރައަހަރު ފުރިފައިވާ އިރު، ޕޯސްޓުގެ ޚިދުމަތް އަދިވެސް ވެފައި މިވަނީ ގިނަ ބަޔަކު ބޭނުން ހިފާ ޚިދުމަތަކަށެވެ. މި ޚިދުމަތަކީ ޒަމާނީ ބަދަލުތަކާއި އެކު އާއްމުންނަށް ފަސޭހަ އަދި ބަރޯސާ ވެވޭނެ ފަދަ ގޮތަކަށް ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯސްޓުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.