ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ


ހިންނަވަރުން ފުރައިގެން މިލަދޫއަށް ދަތުރުކުރަނިކޮށް ޙަބަރެއް ނުވެގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިފައިވަނީ އެމްއެންޑީއެފްގެ ލޯންޗަކަށްކަމަށާއި ޑިންގީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެތިން މީހުން މަނަދޫއަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. 

މިހާދިސާ ދިމާވާން މެދުވެރިވީ، ކޮޅިގަނޑެއްގައި ޖެހި މިސްރާބު އޮޅިގެންކަމަށާއި އަދި ޑިންގީ އޮޔާދިޔައީ ޕެޓްރޯލް ހުސްވެގެންކަމަށް އިންޖީނު ހުއްޓިގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޑިންގީގެ ޙަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:17 ގައި ކަމަށެވެ. މިއީ 18 ފޫޓްގެ އަޅިކުލައިގެ ޑިންގީއެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.