ޚަބަރު

ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު ފުންކޮށްފި


މިއަދު ހެނދުނު ޅ.ނައިފަރު ކައިރިން ފަރަކަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "ޤުރާބު" ފުންކުރެވުނީ މެނދުރު 12:20 ހާއިރުކަމަށެވެ. އަދި ބޯޓު ފުންކޮށްފައިވަނީ މިފްކޯގެ ބޯޓެއްގައި ކަފުޖަހައިގެންކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެއެވެ. 

12 މީހުންނާއެކު ޕެޓްރޯލް ހިފައިގެން ދަތުރުކުރަނިކޮށް ބޯޓު ފަރަށް އަރާފައިވަނީ ށ.މިލަންދޫއިން މާލެ ދަތުރުކުރަމުންދަނިކޮށެވެ.