ގެސްޓު ހައުސްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ފަރުނީޗަރ ފިހާރައެއް ހުޅުވައިފިއެވެ.
ހައި އެންޑް ފަރުނީޗަރގެ ނަމުގައި ހުޅުވި މިފާރައިން ފުރަތަމަ ދެމަސްދުވަހު ވިޔަފާރި ކުރާ ފަރާތްތަކަށް ތިރީސް ޕަސެންޓްގެ ޑިސްކައުންޓެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ފިހާރައިގެ ވެރިޔާ އާމިނަތު ޝާމާ ނަސީރު ބުނީ، އެހެން ފަރުނީޗަރ ފިހާރަތަކާ މި ފިހާރައިގެ އެންމެ ބޮޑު ތަފާތަކީ މުދަލުގެ ކޮލިޓީކަމެވެ. މިގޮތުން އެންމެ ބަލާނީ އަގަށްވުރެ ބޮޑަށް ކޮލިޓީ އުފެއްދުންތައް ވިއްކުމަށް ކަމަށް އޭނާ ބުންޏެވެ.
ޝާމާ ބުނީ އެ ފިހާރައިން ވިއްކާ ގޮދަޑިތަކަށް ބާރަ އަހަރުގެ ވޮރެންޓީދޭ ކަމަށެވެ. އަދި އެފިހާރައާއި އިސްލާމިކް ބޭންކާ ގުޅިގެން އިންސްޓޯލްމަންޓަށް ތަކެތި ދޫކުރުމަށް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޝާމާ ބުންޏެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި މުޙައްމަދު މުޢައްޒިން ހަރަކާތްތެރިވާ ގްރެވިޓީ ބައި ހަބޭސްގެ މިއުޒިކާއެކު ކުރިއަށްގެންދިޔަ މި ހަފްލާގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް އަގުބޮޑު އިނާމްތައް ދީފައިވެއެވެ.