ޕާސްޕޯޓް ކާޑުން ހުސްނުވާ އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން އަލަށް ތަޢާރަފްކުރި ޕާސްޕޯޓު ކާޑުގައި ގިނަ ފީޗާސްތަކެއް އެކުލެވޭއިރު، އާސަންދަ ކުންފުނިން ވަނީ އާސަންދައިގެ ޚިދުމަތްވެސް ޕާސްޕޯޓު ކާޑު މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޑީ ކާޑެކޭ އެއްގޮތަށް ޕާސްޕޯޓު ކާޑު ބޭނުންކުރެވޭނެ ކަމަށް އާސަންދަ އޮފީހުން ބުނެއެވެ.
އާސަންދަ އޮފީހުން ބުނީ އައިޑީ ކާޑު މެދުވެރިކޮށް މިހާރުވެސް ފޯރުކޮށްދެމުން އަންނަ ހުރިހާ ޚިދުމަތެއް ރާއްޖޭގެ ހުރިހާ ތަނަކުންވެސް ޕާސްޕޯޓު ކާޑު މެދުވެރިކޮށް ލިބޭނެކަމަށެވެ.
ބައިނަލްޢަޤުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭ ގޮތަށް އަލަށް ތާޢާރަފްކުރި ޕާސްޕޯޓް ކާޑު ތާޢާރަފްކޮށްފައިވަނީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ. އެގޮތުން އައިޑީކާޑާއި ލައިންސްނަސް ކާޑުގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް މި ކާޑުން ލިބެއެވެ. މީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްވެސް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.