ވިޔަފާރި

ކެނެޑާ ފަތުރުވެރިންނަށް ރާއްޖެ ކަމުދޭ


ކެނެޑާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރު އިތުރުވެގެންދާނެކަމަށް އެ ޤައުމުގެ މަޝްހޫރު ޓްރެވަލް ބުކިންގ ވެބްސައިޓަކުން ބުނެފިއެވެ.  

ކެނެޑާގެ މަޝްހޫރު ޓްރެވަލް ބުކިންގ ވެބްސައިޓެއް ކަމަށްވާ، 'ކަޔަކް' އިން ބުނީ ކެނެޑާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލުކަން އިތުރުވަމުންދާ ކަމަށް ދިރާސާތަކުން ދައްކާކަމަށެވެ. މިގޮތުން ކެނެޑާ ފަތުރުވެރިން ރާއްޖެއާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރާ މިންވަރުވަނީ ސާޅީސް ހަތަރެއް އިންސައްތަ އިތުރުވެފަކަމަށް އެ ވެބްސައިޓުން ބުނެއެވެ. އަދި މީގެ އިތުރުން ކެނެޑާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުންވެސް ރަގަޅު ފެއަރތަކެއް މިއަހަރަށް އަމާޒްކޮށް ހަދާފައިވާ ކަމަށާއި އެހެން ކަމުން މިއަހަރު ކެނެޑާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާނެ ކަމަށް ކަޔަކްއުން ލަފާކުރެއެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކެނެޑާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހުސްވި އަހަރުގެ ނޮވެމްބަރމަހުގެ ނިޔަލަށް ކެނެޑާއިން ހަތްހާސް އަށްސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ ދެހާސް ސޯޅަވަނަ އަަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އަށާރަ އިންސައްތަ އިތުރު އަދަދެކެވެ.