ދުނިޔެ

މުސާރައިގެ ބަދަލުގައި އެޅި ގާ ދެނީ


ގާ އެޅުމުގެ މަސައްކަތްކުރާ ޗައިނާގެ ފެކްޓަރީއެއްގެ ފަޤީރު މަސައްކަތްތެރިންތަކަކަށް، މުސާރައިގެ ބަދަލުގައި ގާ ދިނުމަށް ނިންމައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ޗައިނާގެ ޖިއާންޒީ ޕްރޮވިންސްގެ، ނަންޗަންގައި ހުންނަ މިފެކްޓަރީގައި މަސައްކަތްކުރާ ގާތްގަނޑަކަށް ތިރީހަކަށް މީހުންނަށް މުސާރައިގެ ގޮތުގައި ގާ ދޭން ނިންމީ، އެމީހުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެނެވެ. އެމީހުންގެ މުސާރައަށް ޖުމްލަ 14 ހާހަށްވުރެ ގިނަ ޑޮލަރު ދޭންޖެހޭއިރު، އޭގެ ބަދަލުގައި 290000 ގައު ދިނުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. މިގޮތަށް އެއްބަސްވީ އެމީހުންނަށް މުސާރަ ނުދޭ މައްސަލަ އެސަރަޙައްދުގެ ލޭބަ ޑިޕާޓްމަންޓުން ކޯޓަށް ހުށަހެޅުމުންނެވެ. އަދި މިކަމަށް މަސައްކަތްތެރިންވެސް ވަނީ އެއްބަސްވެފައެވެ.

img:http://s3.psmnews.mv/images/660x400/15168753657894.jpg|ޗައިނާގެ ފެކްޓަރީއެއްގައި އެޅި ގާ އެޅުމުގެ މަސައްކަތުގައި / މުސާރަ ނުދިނުމުގެ މައްސަލަ އަކީ ޗައިނާގެ ފެކްޓަރީތަކުގައި ޢާއްމުކަމެއް

މަސައްކަތްތެރިންނަށް ދޭންޖެހެ ފައިސާ ނުދެވި ހުރުމުން، އެފައިސާ ދޭނެ ގޮތެއް ފެކްޓަރީގެ ވެރިފަރާތުން ހޯދަމުންދާކަމަށްވެސް ޙަބަރުތައް ބުނެއެވެ.

ޗައިނާގެ ފަގީރު ހިސާބުތަކުން ފެކްޓަރީތަކަށް މަސައްކަތްކުރަން އަންނަ މީހުންނަށް މުސާރަ ނުދިނުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެފަދަ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.