ޚަބަރު

މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ


މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މިރާއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 73.7 މިލިޔަން ޑޮލަރު ޢާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިރާއިން ބުނީ  މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ 10.7 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.. މިރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީޓި އިންނެވެ. ބީ.ޕީ.ޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު  944 މިލިޔަން ރުފިޔާ ލިބުނު ނަމަވެސް  މިދިޔަ މަހު 39.8 އިންސައްތަ ނުވަތަ 872.07 މިލިޔަން ރުފިޔާ ބީ.ޕީ.ޓީގެ ގޮތުގައި ލިބިފައިވެއެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 37.9 އިންސައްތަ ނުވަތަ 825.02 މިލިޔަން ރުފިޔާ ލިބިފައިވާއިރު  ކުރީ އަހަރުގެ ޖެނުއަރީ މަހު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 744 މިލިޔަން ރުފިޔާއެވެ. މިީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު 102 މިލިއަން ރުފިޔާ ނުވަތަ 4.7 އިންސައްތަ ލިބުނުއިރު،  ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 79.37 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ލޭންޑް އެކިއުސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 69.51 މިލިޔަން ރުފިޔާ ލިބުނުއިރު  އެހެނިހެން ޓެކްހާ ޕީގެ ގޮތުގައި 243.37 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރާއެއްގޮތަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ  އާމްދަނީއެއްގެ ގޮތުގައި ވެސް ލިބިފައިވަނީ 2.2 ބިލިޔަން ރުފިޔާއެވެ.