ފުލުހުންގެ އިސް އޮފިސަރުންތަކަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މަމްބަރުން ހައްޔަރުކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުންގެ ސީނިއާ އޮފިސަރުންތަކަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މަމްބަރުން ހައްޔަރުކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރުތަކަކީ ކަނޑައެޅިގެން ދޮގު ހަބަރުތަކެއް ކަމަށެވެ. ފުލުހުން ވަނީ އެފަދަ ހަޤީޤަތެއްނެތް ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.