މިއަހަރުގެ ޗައިނާ އެފްރިކާ ޕްރެސް ސެންޓަރާއި ޗައިނާ އޭޝިއާ ޕެސިފިކް ޕްރެސް ސެންޓަރ ޕްރޮގްރާމް ފަށައިފިއެވެ.
އެފްރިކާ އާއި އޭޝިއާގެ ޤައުމުތަކުގެ ނޫސްވެރިންނާއެކު ފެށި މި ޕްރޮގްރާމްގައި އެފްރިކާއާއި އޭޝިއާގެ ޤައުމުތައް ހިމެނޭހެން ސާޅީސް ދެ ޤައުމަކުން ސާޅީސް ހަތަރު ނޫސްވެރިން ބައިވެރިވެއެވެ. މިއަހަރުގެ ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ޕީއެސްއެމްގެ ނޫސްވެރިޔާ ޙަފީޒާ ޢަބްދުއްސައްތާރެވެ. މިއީ މި ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވާ ދެވަނަ އަހަރެވެ.
މިއަހަރުގެ ޗައިނާ އެފްރިކާ ޕްރެސް ސެންޓަރާއި ޗައިނާ އޭޝިއާ ޕެސިފިކް ޕްރެސް ސެންޓަރ ޕްރޮގްރާމްގެ ފެށުން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބެއިޖިންގައި ހުންނަ ޑިޕްލޮމެޓިކް ރިލޭޝަންސް ސެންޓަރުގައި ބޭއްވި ހަފްލާގައި، ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލްވަނީ ޙާއްޞަ މެޙްމާނެއްގެ ގޮތުގައިބައިވެރިވެވަޑައިގެންފައެވެ.
އޭޝިއާޕެސިފިކް ޕްރެސް ސެންޓަރާއި ޗައިނާ އެފްރިކާ ޕްރެސް ސެންޓަރގެ މައިގަނޑު ބޭނުމަކީޗައިނާއާ ގުޅޭ މަޢުލޫމާތުތައް މިޕްރޮގްރާމްގައި ހިމެނޭ ޤައުމުތަކުގެނޫސްވެރިން މެދުވެރިކޮށް ޤައުމުތަކަށް ފޯރުކޮށްދިނުމެވެ. ދިހަ މަސްދުވަހުގެ މި ޕްރޮގްރާމްގައި، ޗައިނާގައި ކުރިއަށްދާ ބޮޑެތި އިވެންޓްތަށް ކަވަރުކުރުމުގެ ފުރުޞަތު ނޫސްވެރިންނަށް ލިބޭނެއެވެ. އަދިޗައިނާގެ އެކި ހިސާބުތަކަށް ޒިޔާރަތްކޮށް ޗައިނާއާ ގުޅޭ ތަފާތު މަޢުލޫމާތު ދޭނެއެވެ.
މިއަހަރުގެ ޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި އެފްރިކާއާއި އޭޝިއާގެ އެކި އެކިޤައުމުަތަކުގެ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުގެ އިތުރުން ޓީވީއާއި ރޭޑިއޯތަކުގައި މަސައްކަތް ކުރާނޫސްވެރިން ހިމެނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވާން ލިބުމަކީލިބުނު ރަނުގެ ފުރުސަތެއްގެގޮތުގައިބައިވެރިން ދެކެއެވެ. އަދިޕްރޮގްރާމުގައި ޗައިނާއާ ގުޅޭގޮތުންލިބޭ ތަފާތު މަޢުލޫމާތުތައް ކުރިއަށްއޮތް ދުވަސްތަކުގައި ޗައިނާއާ ގުޅޭތަފާތު އެކި އެކި މަޢުލޫމާތު ލިބިޗައިނާގައި ކުރިއަށްދާ ބޮޑެތި އެކި އެކިއިވެންޓްތަށް ކަވަރު ކުރަން ލިބޭނެތީއެކަމާ އުފާވާކަމަށް ބައިވެރިން ބުނެއެވެ.
އޭޝިއާ ޕެސިފިކް ޕްރެސް ސެންޓަރަށް މިއަހަރު ތިން އަހަރު ފުރޭއިރު، ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް، ޕްރޮގްރާމްގެ ބައިވެރިންގެ ޢަދަދު އިތުރުކުރުމަށް ޗައިނާ ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. މި ޕްރޮގާމްގައި ތަފާތު އެކި ބައިތައް ހިމެނެއެވެ. އޭގެ ތެރޭގައި ޗައިނާގެ ބަސް ދަސްކޮށްދިނުމާއި، ޗައިނާގެ ސަގާފީ އެކި އެކި ހަރަކާތްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމުގެ އިތުރަށް، ޗައިނާގެ ނޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.