ސިޔާސީ

މާލޭގެ އިތުރު 4 ސަރަޙައްދު އަލުން ތަރައްޤީ ކުރަނީ


"
ބޭރުގެ ޤައުމުތަކުން ފެންނާނެ އާރބަން ރީ ޑިވެލޮޕްމަންޓާއި ލޭންޑް އެޖެސްޓްމަންޓް ފަދަ މަސައްކަތް ކުރާތަން. އެގޮތުން ޓޯކިޔޯގައި މިފަދަ ކަންތައްކޮށްފައިވާ ގޮތަށް ރާއްޖޭގައިވެސް މިކަން ކުރުމަކީ ސަރުކާރުގެ އަމާޒެއް. މިކަން ކުރުމަށް އެބަޖެހޭ މިފަދަ ކަންތައްތައްކޮށް ހުސްތަންތަނާއި ޕާރކްތައް ހަދަން
މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މާފަންނު ހުޅަނގާއި ދެކުނުގައި ހިމެނޭ ބައެއް ކޮށިތައް ހުސްކޮށް އެސަރަޙައްދު އަލުން ތަރައްޤީ ކުުރުމަށް ނިންމާފައެވެ. އަދި މިސަރަޙައްދުގައި ދިރިއުޅޭ އާޢިލާތަކަށް ފުލެޓް ދިނުމަށްވެސްވަނީ ނިންމަވާފައެވެ.

މާލެގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ ބައެއްރަށްރަށުގައި އަޅާފައިވާ ހައުސިންގ ޔުނިޓުތަކުގެ ޢަމަލީ މަސައްކަތް ނިމިފައިވާކަމަށެވެ. އެގޮތުން އައްޑުސިޓީއާއި ފުވައްމުލަކާއި ތިނަދޫގައި އަޅާފައިވާ ފުލެޓްތައް ވަރަށް އަވަހަށް ހަވާލުކުރާނެކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށުގެ ފުލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ ރަމަޟާންމަހުގެ ކުރިން އާއްމުކުރާނެކަމަށެވެ.

"
އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު ރަމަޟާންމަހުގެ ކުރިން އިޢުލާންކުރާނެ
މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިއަހަރުގެ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން އެންމެ އިސްކަންދެނީ ހައުސިންގ މަޝްރޫޢުތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.