އައިޖީއެމްއެޗްގެ ލެބޯޓަރީގެ މަސައްކަތް އަވަސްކޮށް ލޭގެ ޓެސްޓުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އޮޓަމެޓިކް މައިކްރޯ ބެކްޓީރިއާ ޑިޓެންޝަން ސިސްޓަމެއް ޤާއިމްކޮށްފިއެވެ.
އެސްޓީއޯއިން ހަދިޔާކޮށްފައިވާ މި ސިސްޓަމް ޤާއިމްކުރުމަށް ގާތްގަނޑަކަށް 5 މިލިޔަން ރުފިޔާ ހަރަދުވިކަމަށް އެކުންފުނިން ބުނެއެވެ.
******
ފުރަތަމަ ފަހަރަށް އައިޖީއެމްއެޗުގައި މައިކްރޯ ބައިލޮޖީ ލެބް އޮޓަމޭޓް އިންސްޓްރޫމެންޓްތައް އިންސްޓޯލްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ލޭގައި ހުންނަ ޖަރާސީމްތައް ދެނެގަންނަ މެޝިނާއި ލޭގެ ޤުރޫޕް ދެނެގަންނަ މެޝިނަކާއި އަދި ލޭގެ ރައްކާތެރިކަން ދެނެގަންނާނެ މެޝިނެކެވެ.
އެސްޓީއޯއިން ބުނީ އައިޖީއެމްއެޗުގެ މައިކްރޯ ބަޔޮލޮޖީ ލެބް އޮޓަމޭޓް ކުރުމަށް ގާތްގަނޑަކަށް ފަސް މިލަޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ލެބް ހިންގުމަށް ބެނުންވާ އެހީ މެދުނުކެނޑި އެކުންފުނިން ފޯރުކޯށްދޭނެކަމަށެވެ.
އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް އިން ޕެތަލޮޖީ ޑރ.މިލްޒާ ޢަބްދުލް މުޙްސިން ވިދާޅުވީ އައިޖީއެމްއެޗްގައި އަލަށް އިންސްޓޯލްކުރި މައިކްރޯ ބަޔޮލަޖީ އޮޓޮމޭޝަން އިންސްޓްރޫމެންޓްތަކާއެކު ލްބޯޓްރީން ތައްޔާރުކުރާ ރިޕޯޓްތަކުގެ ފެންވަރު ރަނގަޅުވެ ރިޕޯޓްތައް ދޫކުރުންވެސް އަވަސްވާނެކަމަށެވެ.
" މި މެޝިންތަކާއެކު އަޅުގަނޑުމެންގެ ޑޮކްޓާރުންނަށާއި ބަލިމީހުންނަށް ފަސޭހަވެގެންދާނެ. މި މެޝިންތަކަކީ އިންޑިއާ ފިޔަވައި ސާރކްގެ ޤައުމުތަކުގެ ތެރެއިން ފުރަތަމަފަހަރަށް މިފަދަ މެޝިންތައް ބެހެއްޓި ޤައުމު." މިލްޒާ ވިދާޅުވިއެވެ.
މިލްޒާ ވިދާޅުވީ މީގެ ކުރިން މައިކްރޯ ބަޔޮލޮޖީ ޓެސްޓުތައް މެނުއަލްކޮށް ހަދަމުންދިޔަނަމަވެސް މިހާރުއެކަން އިތުރަށް އަވަސްވެ، ލްބޯޓްރީ ތަޙްލީލުތަކުގެ ނަތީޖާ މިނެތެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ބަލިމީހާއަށް ދޭނެ ބޭސް ދެނެގަތުމަށްވެސް ޑޮކްޓަރުންނަށް ފަސޭހަވެގެންދާނެކަމަށެވެ.
"ސާމްޕަލްއެއް ލިބުނީމަ އޭތި މީޑިއާއެއްގަ ގްރޯކޮށްފަ ޖެހޭނީ އެއީ ކޮންކަހަލަ ބެކްޓީރިއާއެއް ކަމާ އޭތި ސެންސެޓިވް ވާނި ކޮން އެންޓިބަޔޮޓިކް ތަކަކަށްކަން. މިހާރުވެސް ގްރޯކުރާ ޕްރޮސެސް އިންނާނީ މެނުއަލްކޮށް އެކަމަކު އޭގެ ފަހުން ދެން އިންނަ ޕްރޮސެސް ގައި މަސައްކަތް ކުރާނީ މި މެޝެންތަކުން. ކޮން ބެކްޓީރިއާ އެއްކަން އައިޑެންޓިފައިކޮށް ކޮން ފަންގަސްއެއް ކަމާ އޭތި ސެންސެޓިވް ވަނީ ކޮން އެންޓި ބަޔޮޓިކް އެއް ކަމަށް އައިޑެންޓިފައި ކުރެވޭނެ. އެ ޕްރޮސެސް ވަރަށް އަވަސް ވާނެ،" ޑރ. މިލްޒާ ވިދާޅުވިއެވެ.
މި މެޝިންތައް ބެހެއްޓުމާއެކު މައިކްރޯ ބަޔޮލޮޖީ ލެބަށް އަންނާނެ ކުރިއެރުން ފާހަގަ ކުރައްވާ އައިޖީއެމްއެޗްގެ ޗީފް ލެބޯޓްރީ ޓެކްނީޝަން ފާތިމަތު ރީޝާ ވިދާޅުވީ މީގެ ކުރިން ކަލްޗަރ ރިޕޯޓެއް ނިންމާލެވެނީ ތިން ދުވަހުން ކަމަށާއި ނަމަވެސް މި ސިސްޓަމާއެކު އެކަން އެތައް ގުނައެއް އަވަސްވާނެކަމަށެވެ.
"އޯގަނިޒަމް އެއް އައިޑެންޓިފައި ކުރަން ކުރިން 24 ގަޑިއިރު ނަގާ. މިހާރު ދެތިން މިނެޓް ތެރޭ އައިޑެންޓިފައި ކުރެވޭނެ" ރީޝާ ވިދާޅުވިއެވެ.
މި މެޝިންތައްބެހެއްޓުމަކީ އައިޖީއެމްއެޗުގެ މައިކްރޯ ބަޔޮލޮޖީ ސެކްޝަނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އައިޖީއެމްއެޗަކީ އެންޓި މައިކްރޯބަޔޮލޮޖިކަލް ރެސިސްޓެންޓް ރެފަރެންސަށް ވާއިރު އެކަމަށް ބޭނުންވާ ތަފާސް ހިސާބު ހޯދުމުގައިވެސް މިހާރު ފަސޭހަވާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.