ކުޅިވަރު

ށ.ފޯކައިދޫއާއި، ފ.ނިލަންދޫ ދިވެހި ޕްރިމިއަރ ލީގަށް


ށ.ފޯކައިދޫއާއި ފ.ނިލަންދޫ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެއެވެ.

ފޯކައިދޫއާއި ނިލަންދޫއަށް ޕްރިމިއަރ ލީގުގެ ޖާގަ ކަށަވަރުވީ އެސްޓީއޯ މިނިވަން ޗެމްޕިއަޝިޕްގެ ސެމީފައިނަލުން އެދެ ދެޓީމްވެސް ޖާގަ ހޯދުމުންނެވެ. މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ފޯކައިދޫ ކަށަވަރުކުރީ ހއ.މުރައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯކައިދޫގެ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. ފޯކައިދޫ ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގައި މި ގުރޫޕްއިން ކޮލިފައިވާނެ ދެވަނަ ޓީމެއް ކަށަވަރު ވާނީ މާދަމާ ބ.އަތޮޅު ފެހެންދޫއާއި އދ.ފެންފުށި ވާދަކުރާ މެޗު ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މެޗުން މޮޅުވެގެން ދިވެހި ޅިގުން ޖާގަ ހޯދުމުގެ ފުރުޞަތު ފެހެންދޫއަށް އެބައޮތެވެ.

މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ނިލަންދޫ ކަށަވަރު ކުރީ އެރަށުގައި މިއަދު ހަވީރު ކުޅުނު މެޗު ގދ.ހޯޑެއްދޫއާއި ވާދަކޮށް 8-2 ލަނޑުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިގުރޫޕްގެ ސެމީ ފައިނަލަށް ދާނެ ދެވަނަ ޓީމެއް ކަށަވަރު ވާނީ މާދަމާ ހަވީރު އައްޑޫސިޓީ ހިތަދޫއާއި ތ.ތިމަރަފުށި ވާދަކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މެޗު އެއްވަރުކޮށްގެން ވެސް ތިމަރަފުއްޓަށް ޖާގަ ކަށަވަރުވާނެއެވެ. ސެމީފައިނަލުން ހިތަދޫއަށް ޖާގަ ލިބެން އޮތީ މެޗު ކާމިޔާބުކޮށްގެންނެވެ.