ކުޅިވަރު

ބެންގަލޫރު އެފްސީއަށްޓަކައި މެޗުން މޮޅުވާކަށް ބޭނުމެއްނޫން: އައިޒޯލް


ބަންގަލޫރަށްޓަކައި މެޗުން މޮޅުވާން ބޭނުން ނުވާކަމަށް އިންޑިޔާގެ އައިޒޯލް އެފްސީން ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖު އެންމެފަހު މެޗުގައި ރާއްޖޭގެ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުތުމުގެ ކުރިން އެޓީމުން މިމޭރުމުން ވާހަކަދައްކާފައި މިވަނީ ނިއު ބަލިކޮށްފިނަމަ ބެންގަލޫރު ދެވަނަ ބުރަށް ކޮލިފައިވާނެތީއެވެ. އައިޒޯލް އެފްސީން ބުނީ މެޗާ ކުރިމަތިލާއިރު ގާތްގާތުގައި މެޗުތައް ކުޅުމުގެ ސަބަބުން އެޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަކަމަށާއި، އެހެންނަމަވެސް އެޓީމުން މަސައްކަތް ކުރާނީ ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް މަސައްކަތާއެކު މެޗު ކާމިޔާބުކުރަންކަމަށެވެ. އެކަމަކު ނިއުރޭޑިއަންޓް މިހާރު ދަށްކާ ކުޅުމުން އެޓީމު ބަލިކުރަން މެޗު ގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭނެކަމަށް އައިޒޯލްގެ އޮފިޝަލު ބުންޏެވެ.

މެޗު ކުޅުމަށް އިއްޔެ އިންޑިޔާގެ ގުވަހައްޓީއަށް ދިޔަ އައިޒޯލް ޓީމުގެ ސުކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު 19 ކުޅުންތެރިން ހިމެނެއެވެ. މިހާރު މުބާރާތުން ކަޓާފައިވާ އައިޒޯލް އެފްސީ ޓީމުން ބުނީ އޭއެފްސީކަޕްގެ ސަބަބުން ރަނގަޅު ފައިދާތަކެއް ޓީމަށް ލިބިޖެއްކަމަށާއި، އޭގެ ސަބަބުން ޓީމު އެހެން މީހުންނަށް ވެސް އެނގިގެން ދިޔަކަމަށެވެ.

" އަހަރުމެންނަކީ ވަރަށް ކުޑަކުޑަ ކުލަބެއް، އަހަރުމެން އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ސަބަބުން ޚަރަދު ވަރަށް ބޮޑަށް މަތިވެއްޖެ، އެހެނަމަވެސް މިއީ ރަނގަޅު ތަޖުރިބާއެއް " އައިޒޯލްގެ އޮފިޝަލް ބުންޏެވެ.

މެޗާ ކުރިމަތިލާއިރު އަނިޔާގެ ސަބަބުން އެޓީމުގެ ދެ ކުޅުންތެރިޔަކަށް ނުކުޅެވޭކަމަށް އައިޒޯލް އެފްސީން މައުލޫމާތުދެއެވެ.
މެޗާ ކުރިމަތިލާއިރު އައިޒޯލް އަށް ވަނީ ސީޒަން ނިމިފައެވެ. އެއީ އިންޑިޔާގެ ލީގު މިވަގުތު ނިމިފަވާތީއެވެ. ހުސްވި އަހަރު ޗެމްޕިއަން ޓީމް މިއަހަރު ލީގު ނިންމާލީ ފަސްވަނައިގަ އިއޮވެއެވެ.