ކުޅިވަރު

ދެ ސަބަބަކާހުރެ ނިއުރޭޑިއަންޓް އަތުން އައިޒޯލްއަށް ލިބުނީ ބޮޑު މޮޅެއް!


ނިއުރޭޑިއަންޓު އަތުން ލިބުނީ ވަރަށް ބޮޑު މޮޅެއްކަމަށް އައިޒޯލްގެ ކޯޗު ސަންތޯޝް ކަޝިއަފް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އައިޒޯލްގެ ކޯޗު ސަންތޯޝް ބުނީ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފް މޮޅުކުޅުމެއް ކަމަށާއި، އައިޒޯލްއަށް ލިބިގެން ދިޔައީ ހައްޤުމޮޅެއް ކަމަށެވެ. ސަންތޯޝް ބުނީ މިނަތީޖާގެ ސަބަބުން ހިނިތުންވުމާއެކު ރަނގަޅު ޕްރީސީޒަނެއް ހަދާލުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ.
އޭނާ ބުނީ ލިބުނު މޮޅު، ބޮޑު މޮޅެއްގެ ގޮތުގައި ސިފަކުރަނީ ދެސަބަބަކާ ހުރެކަމަށެވެ. އެއީ ގުރޫޕުގެ އެންމެ މޮޅުޓީމު ބަލިކުރުމުގެ އިތުރުން، އަވަށްޓެރި ކުލަބު ދެވަނަ ބުރަށް ކޮލިފައިކޮއްދިނުންކަމަށެވެ. އޭނާ ބުނީ ދަނޑުމަތިން އެހެންޏާ ނުފެންނަ ކަހަލަ އައިޒޯލް އެފްސީ އެއް ފެނިގެންދިޔައީ، އޭނާގެ ޕެލޭނަށް ގެނައި ޓެކްޓިކަލް ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ އޭނާ ބޭނުންވި ގޮތައް ޑިފެންސް ލައިނުން މަސައްކަތް ކުރުމުގެ ސަބަބުން އިދިކޮޅު ޓީމަށް މާބޮޑު ކަމެއް ނުކުރުވުނުކަމަށާއި، އެހެންނަމެވެސް ނިއުރޭޑިއަންޓުން އެޓޭކްގައި މޮޅަށް ކުޅުނުކަމަށެވެ.

" އަހަރުމެންނަށް ލިބެންދިޔައީ ވަރަށް ބޮޑު މޮޅެއް، އަހަރެންގެ ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ކުޅުމަށް ފަޚުރުވެރިވަން" ކޯޗު ބުންޏެވެ.

މިމެޗާއެކު އައިޒޯލް އަށް ވަނީ ސީޒަން ނިމިފައެވެ. މިއީ އެޓީމު އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.