ޚަބަރު

ޅ އަތޮޅުގެ ބައެއް ރަށްތަކަށް އައި ގުޑުމުން ނުރައްކަލެއް ނެތް - މެޓް އޮފީސް


ޅ އަތޮޅުގެ ހުޅަނގު ބިތުގައި ހިމެނޭ ބައެއް ރަށްތަކަށް ގުޑުން އެރިކަމުގެ ރިޕޯޓް ލިބިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ މިއަދު ހެދުނު 6:30 އިން 6:45 އާ ދެމެދު ބިންގަނޑަށް ގުޑުން އަރައިގެން ރިޕޯޓްކޮށްފައިވަނީ ހުރަވަޅި، ހިންނަވަރު، މާފިލާފުށި، ނައިފަރު، ކުރެންދޫ އަދި ކޮމަންޑޫއިންކަމަށެވެ. މި ރަށްރަށުގެ ބިންގަނޑު ގުޑި ނަމަވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބިން ހެލުމެއް އައިކަމުގެ އެއްވެސް ރެކޯޑެއް އެއްވެސް ސިސްޓަމަކުން ނުދައްކާކަމަށާއި މި ސަރަހައްދުގެ ލަންކާ އަދި އިންޑީއާގެ އެއްވެސް ސިސްޓަމަކުންވެސް މި ސަރަހައްދުގެ އެއްވެސް ހިސާބަކަށް ބިން ހެލުމެއް އައިކަމުގެ އެއްވެސް ނިޝާނެތް ފެންނަން ނެތްކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ޅ އަތޮޅުގެ ހުޅަނގު ބިތުގައި ހިމެނޭ ބައެއް ރަށްތަކުގެ ބިންގަނޑު ގުޑިގުޑުން ބަލާ ދިރާސާކުރަމުންދާކަމަށެވެ. އަދި މީ އެ ސަރަހައްދުގެ ބިންގަދު ހަމަޖެހުމުން ދިމާވި ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށާއި މި ކަމުގެ ސަބަބުން ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.