ކުޅިވަރު

ޕޮޗެޓީނޯ ޓޮޓްނަމްގެ އެއްބަސްވުން އާކޮށްފި


އިނގިރޭސި ކުލަބް ޓޮޓްނަމްގެ ކޯޗުކަމުގައި އިތުރު ފަސް އަހަރު ދެމިހުންނަން މައުރީސިއޯ ޕޮޗެޓީނިއޯ އެއްބަސްވުން އާކޮށްފިއެވެ.

ޓޮޓަންމްގެ އާޖެންޓީނާ ކޯޗު އިތުރު ފަސް އަހަރަށް ސޮއިކުރީ އިނގިރޭސި ކުލަބް ތަކުން އޭނާގެ އެހީއަށް އެދެމުންދަނިކޮށްވެ. 46 އަރުގެ ޕޮޗެޓީނިއޯ ޓޮޓްނަމްއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާގެ ކޯޗުކަމުގައި ހުސްވި ސީޒަން ޓޮޓްނަމުން ނިންމާލީ ލީގުގެ ގަދަ ތިނެއްގައި އޮވެއެވެ.
މިސީޒަން ނިމުމުން ޕޮޗެޓީނިއޯ ބުނީ އަންނަ ސީޒަނަކީ ޓޮޓްނަމުން ލީގަށް ވާދަކުރާނެ ސީޒަން ކަމަށާއި، ޓޮޓްނަމްގެ ސްކޮޑުގައި މިހާރު އެކޮލިޓީ އެބަހުރިކަމަށެވެ. އާ ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު ޕޮޗެޓީނޯ ބުނީ އޭނާއަށް މިފަދަ ކުލަބަކާ އެކު ދިގުމުއްދަތެއްގައި ސޮއިކުރުމަކީ ލިބިގެންދިޔައި ވަރަށް ބޮޑު އުފަލެއްކަމަށާއި، ޓޮޓްނަމްގެ ކޯޗެއްގެ ގޮތުގައި ދިގުމުއްދަތެއްގައި ކުލަބުގައި އޭނާ ހުންނަން ބޭނުންވާކަމަށެވެ.

ޓޮޓްނަމްއިން އަންނަ ސީޒަންގައި މެޗުތައް ކުޅޭނީ މިސީޒަނަށް މަރާމާތައް ބަންދު ކުރި އެޓީމުގެ ރަސްމީ ސްޓޭޑިއަމްކަމަށްވާ ވައިޓް ހާޓްލޭންގައެވެ. އެޓީމުގެ ސްޓޭޑިއަމްގެ ބަދަލުގައި މިސީޒަންގައި ބޭނުންކުރީ އިނގިރޭސިވިލާތުގެ ވެންބްލީއެވެ.