ކުޅިވަރު

ފުރަތަމަ ޤައުމީ އަކުލަތުލޯން މުބާރާތާއި، ދިގުފެތުމުގެ ޤައުމީ މުބާރާތް ދިއްފުށީގައި


ޤައުމީ އަކުލަތުލޯން ފުރަތަމަ މުބާރާތާއި، ދިގުފެތުމުގެ ޤައުމީ މުބާރާތް މާލެ އަތޮޅު ދިއްފުށީގައި ބާއްވަން ނިންމައިފިއެވެ.

އަކުއަތުލޯން މުބާރާތް ބާއްވަން އެސޯސިއޭޝަނުން ކަނޑައަޅާފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ. މިއީ ވަކިވަކި ފަރުދުންނަށާއި، ޓީމްތަކަށް އަދި އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ މަލްޓި ސްޕޯރޓްސް އިވެންޓެއްކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މިއިވެންޓް ދިއްފުށީގައި ބާއްވަނީ ޖުލައި 20 ވަނަ ދުވަހު ދިއްފުށީގައި ބާއްވާ ޤައުމީ ދިގު ފެތުމުގެ މުބާރާތާއި ގުޅިވައިގެންނެވެ.

ބައެއް ބަދަލުތަކާއެކު ދިއްފުށީގައި ބާއްވާ ދިގުފެތުމުގެ މުބާރާތް ރޭވިފައިވަނީ ކޮންމެ އުމުރުފުރައެއްގެ ފެތުންތެރިއަކަށް ވެސް ބައިވެރިވޭ ގޮތައް ކެޓަގަރީ ތަކަކަށް ބަހާލައިގެންކަމަށް އެސޯސިއޭޝަނުން މައުމާތުދެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލާފައިވާ ކެޓަގަރީ ތަކުގެ ތެރޭގައި ނެޝެނަލް ކެޓަގަރީ، ޖޫނިޔަރ ނެޝަނަލް ކެޓަގަރީ، ސުވިމް ޗެލެންޖް ކެޓަގަރީއާއި ކިޑްސް ސުވިމް ޗެލެންޖް ކެޓަގަރީ ހިމެނެއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއެކު އަންނަ މަހު 21 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަން ހުށަހަޅަން ޖެހޭނެކަމަށް ސުވިމިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މިއަހަރުގެ ޤައުމީ ދިގުފެތުމުގެ މުބާރާތް ބާއްވަނީ ސުވިމިންގ އެސޯސިއޭޝަނުގެ ސްވިމިންގ ޑިވޮލެޕްމަންޓް ޕާޓްނަރ މާލެ ފިޓްނަސް ކުލަބާ ގުޅިގެންނެވެ.