ކުޅިވަރު

ރެފްރީން ނައުމުން ވެޓަރެންސްކަޕްގެ މިއަދުގެ މެޗު ކެންސަލް


ރެފްރީން މެޗަށް ހާޒިރުނުވުމުން ވެޓަރެންސްކަޕްގައި މިއަދު ކުޅެން އޮތް މެޗު ކެންސަލް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން ދިވެހި ރެފްރީން ވަނީ މިއަހަރުގެ ސީޒަންގައި ކުރިއަށްހުރި މެޗުތަކަށް ނިކުތުމަށް ދެކޮޅު ހަދާފައެވެ. ރެފްރީން މެޗުތަކަށް ނިކުންނަން ދެކޮޅު ހަދަނީ މިދިޔަ ތިން އަހަރުވެސް އެފްއޭމްއިން ފައިސާ ދީފައިނުވާތީކަމަށް މައުލޫމާތު ލިބެއެވެ. މިއަދު ވެޓަރެންސް ކަޕްގައި ކުޅެން އޮތް މާޒިޔާ އާއި ނިއުރޭޑިއަންޓް މެޗު ކެންސަލްކުރީ މެޗުގެ ގަޑި ޖެހުނުއިރު އެއްވެސް ރެފްރީއަކު ހާޒިރުނުވުމުންނެވެ.
ރެފްރީންނަށް ދޭންޖެހޭ އުޖޫރަ ބަރާބަރަށް ލިބޭނެ ގޮތް ހަމަޖައިސައިފިނަމަ އަލުން ދަނޑަށް ނިކުންނާނެކަމަށް ރެފްރީން މައުލޫމާތުދެއެވެ. ދިވެހި ރެފްރީން ވަނީ މިދިޔަ އަހަރުވެސް ލީގު މެޗުތަކަށް ނުނިކުމެ އިހްތިޖާޖްކޮށްފައެވެ. އެފްއޭއެމްއިން މައްސަލަ ހައްލަކުރީ ރާއްޖެއިން ބޭރުން ރެފްރީން ގެނެސްގެންނެވެ.
ދިވެހި ރެފްރީން މެޗުތަކަށް ނުކުންނަން ދެކޮޅު ހަދާއިރު އެސްޓިއޯ މާލޭލީގުގައި މިހަފްތާގައި ކުޅުންހަމަޖެހިފަވާ މެޗުތައް މާދަމާރޭ ފަށާނެއެވެ.