ޚަބަރު

އަވަސް ފަރުވާ ދިނުމަށް ޙަރަކާތްތެރިވާ މީހުން ތަމްރީނު ކުރުމަށް ޚާއްޞަ ޕްރޮގްރާމެއް އިފްތިތާހު ކޮށްފި


ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އަވަސް ފަރުވާ ދިނުމަށް ޙަރަކާތްތެރިވާ މީހުން ތަމްރީނު ކުރުމަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް އިފްތިތާހު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި އޮސްޓްރޭލިއަން އެވޯރޑްސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ގެ މުވައްޒަފުން ވެސް ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި، ކުއްލި ހާލަތުގައި އަވަސް ފަރުވާ ދޭނެ ގޮތާއި، އަވަސް ފަރުވާ ބޭނުންވާ މީހަކު ސިއްޙީ ފަރުވާދޭ ތަނަކާ ހަމައަށް ގެމްދެވެންދެން ފަރުވާދޭނެ ގޮތްވެސް ދަސްކޮށްދޭނެއެވެ. 25 ބައިވެރިންނާއެކު ކުރިއަށްގެންދާ މި ޕޮރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީއާއި އަމަލީ ގޮތުން ގެންދާ ތަމްރީންތަކަކާއިވެސް އެކުގައިކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިންމު ޕްރޮގްރާމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓުތައް ފަދަ ހާދިސާތައް އިތުރުވަމުންދާއިރު މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގެ ތަކުގެ ބޭނުން ފުރިހަމަހަ ގޮތުގައި ހިފުމް މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދާ ގްރިފިތް ޔުނިވަރސިޓީ ގެ ފަރާތުން ޑަންކަން މެކްކޯނެލް ވިދަދާޅުވީ މި ކޯހަކީ ދިވެހިންނަށް ބޭނުންތެރި ކޯހަކަށް ވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމްގައި ހިތް ހުއްޓޭ މީހުންނަށާއި ނޭވާ ލާން ދަތިވުމުންފަދަ ހާލަތްތައް ދިމާވާ މީހުންނަށް އަވަސް ފަރުވާއާއި ފުރަތަމަ އެހީ ދޭނެގޮތްތައް ކިޔައި ދޭނެކަމަށެވެ. އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ޕެރަމެޑިކުންނަށް ދޮސްކޮށްދޭ ގިނަ ކަންތައްތަކެއް މި ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގައި ކިވައިދޭ ކަންކަން ޢަމަލީ ގޮތުން ދިވެހި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ބޭނުންކުރުމަށްވެސް ބައިވެރިންނަށް ދަސްކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޑަންކަން މެކްކޯނެލް އަކީ މި ކޯސް ފަރުމާކޮށް ފެސިލިޓޭޓް ކޮށްދެއްވާ ފަރާތެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ފުޅާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިއްޙީ ދާއިރާއަށް މީހުން ތަމްރީނު ކުރުމާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސިއްޙީ ފަރުވާ ދޭ ތަންތަނާއި ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.